ސިޔާސީ

މައްސަލަތަކުގެ ތަހުޤީގު އަވަސްކޮށްދެއްވުމަށް ޝިދާތާ އެދިވަޑައިގެންފި


ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޖެންޑާ މިނިސްޓްރީ އާއި ގުޅުން ހުރި މައްސަލަތައް އަވަސްކުރުމާއި ގުޅޭ ގޮތުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ފުލުހުންގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވައިފިއެވެ.

ޖެންޑަރ މިނިސްޓްރީން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އެ މިނިސްޓްރީއާއި ގުޅުން ހުރި ޙައްސާސީ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމާއި ގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސްއާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ. މިކަމާއި ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީން މީޑީއާއަށް މަޢުލޫމާތު ދެއްވާ އެ މިނިސްޓްރީގެ ޑިރެކްޓަރ އިބްރާޙީމް މުހައްމަދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްޞީލެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ދެފަރާތުން ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން ފުލުހަށް ހުށަހަޅާ މައްސަލަ ތަކުގެ ޖެންޑާއާއި ގުޅުން ހުރި ކޮންމެ މައްސަލައެއް ދެ ފަރާތުން ގުޅިގެން ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް ވަނީ މަޝްވަރާ ކުރައްވާފައިވާ ކަމަށް ޖެންޑަރއިން ވިދާޅުވެއެވެ.