ކުޅިވަރު

ޒެފިޔާ އިން ވެންބޮޅަ ޔުނައިޓެޑްސް ގެ މައްޗައް ކުރި ހޯދައިފި


"ހެޕީމާކެޓް ގޯދިއްޔާ ފުޓުސަލްކަޕް" ގައި ރޭ ކުޅުނު ދެވަނަ މެޗު އެފްސީ ޒެފިޔާއިން ވެންބޮޅަ ޔުނައިޓެޑް މައްޗަށް ކުރި ހޯދައިފިއެވެ.

މިމެޗް އެފްސީ ޒެފިޔާ ކާމިޔާބުކޮށްފައިވަނީ 4 ލަނޑު 2 ލަނޑުންނެވެ. މި މޮޅާއެކު ޒެފިއާ ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެފައިއެވެ. ނަމަވެސް ވެންބޮޅޮ ޔުނައިޓް މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ ދެވަނަ ބުރުގެ ފުރުސަތު އެޓީމަށްވަނީ ހަނިވެފައިއެވެ. މި މެޗުގައި ޒެފިއާގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ މުޙައްމަދު އާލިފް ފަހުމީ، އީމާން ނަޒީރް، އިބްރާހީމް ސަޢީދް އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝަމްވީލް ޤާސިމް (ބޮންޑާ)އެވެ. ވެންބޮޅޮ ޔުނައިޓެޑް ގެ ދެ ލަނޑު ވެސް އެޓީމަށް ޖަހައިދިނީ މުޙައްމަދު ޔަފާއުއެވެ. މި މުބާރާތުގެ ދެމެޗް މިރޭވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ އަފިރިންނާއި އެފްސީ ޒިޔާރަތްފަންނައެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މަލްޓި ޖީނިއަސް ސިޓީއާއި ކުލަބު ސްކަވެންޖާސްއެވެ.