ކުޅިވަރު

ކާމިޔާބީގެ ސިއްރަކީ ދުރާލާ ތައްޔާރުވެ ޓީމް ރަނގަޅަށް އެކުލަވާލުން - ނީޝާމް


ކާމިޔާބީގެ ސިއްރަކީ ދުރާލާ މުބާރާތައް ތައްޔާރުވެ ޓީމް ރަނގަޅަށް އެކުލަވާލާފައި އޮތުން ކަމަށް، އެމްއޭސީއެލްގެ ކެޕްޓަން އަޙުމަދު ނީޝާމް ބުނެފިއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ވާހަކަ ދައްކަމުން ނީޝާމް ބުނީ، މުބާރާތަށް ޓީމް އެކުލަވާލައި ވަރަށް ކުރިން ފަރިތަކުރުންތަށް ފެށި ކަމަށާއި، މުބާރާތުގެ ހުރިހާ މެޗަކަށްވެސް ނިކުތީ ޓީމް ވަރަށް ބޮޑަށް ރާވާލައިގެން ކަމަށެވެ.

އަދި ފައިނަލް މެޗު މާބޮޑު އުނދަގުލަކާއި ނުލައި ކާމިޔާބު ކުރެވުނީވެސް ވަރަށް ރަނގަޅަށް ތައްޔާރުވެގެން މެޗަށް މިކުތުމުން ކަމަށްވެސް ނީޝާމް ބުންޏެވެ.

ނީޝާމް ބުނީ މިއީ އެމްއޭސީއެލްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި، އެމްއޭސީއެލް އަށް ކްރިކެޓު މުބާރާތަކުން ތައްޓެއް ހޯދައިދެވުމުން ވަރަށް ބޮޑަށް ހިތްހަމަ ކަމަށެވެ.

"އަޅުގަނޑުމެން ރޯފައިގެން ދެހަފްތާ ކުރިން ފަރިތަކުރަން ފެއްޓިން، ދެން މުބާރާތަށް ނިކުތް އިރު އިންނާނީ ހަމަ ފުރަތަމަ ބެޓް ކުރާނެ ކުޅުންތެރިންނާއި ބޮއުލް ކުރާނެ ކުޅުންތެރިން ނިންމާފައި، އެގޮތަށް ރާވާލައިގެން ނިކުތީމަ ކަންނޭންގެ އެހާ ފަސޭހައިން މި ކާމިޔާބުކުރެވުނީ"
އަޙުމަދު ނީޝާމް ބުންޏެވެ.

އެމްއޭސީއެލުން ރަމަޟާން ކްރިކްޓެ ކާނިވަލްގެ އޯޕަން ޓޭޕްބޯޅަ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ފަސޭހަކަމާއިއެކި ޝުގާކޯން ބަލިކޮށްގެންއެވެ.