ޚަބަރު

އެޑިއުކޭޝަން މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަންކޮށްފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބުގެ މަޤާމަށް މުލަކަތޮޅު ދިއްގަރު ޕްރޭމްނަގަރު، މުޙައްމަދު އިޙްސާން އައްޔަނު ކުރައްވައިފިއެވެ.

މުޙައްމަދު އިޙްސާނަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ޑިޕްލޮމާ އިން ޓީޗިންގ، މިޑްލް ސްކޫލް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު އިޙްސާން މިހައިތަނަށް ހުންނެވީ މަޖީދިއްޔާ ސްކޫލްގެ މެތަމެޓިކްސް ޓީޗަރެއްގެ މަގާމުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިބަގުތު ނާއިބަކަށް ހުންނެވީ ޝަރުމާ ނަޞީރު އެކަންޏެވެ. މި ސަރުކާރުގައި މިނިސްޓަރުންގެ ނާއިބުގެ ފެންވަރުގައި 64 ބޭފުޅަކު ވަނީ އައްޔަން ކުރައްވާފައެވެ.