ޚަބަރު

ޑެންގީހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު ދަނީ އިތުރުވަމުން - އެޗްޕީއޭ


ވޭތުވެދިޔަ ތިން އަހަރާއި އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ޑެންގީހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ މިމަހުގެ ފުރަތަމަ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑެންގީހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ރ.އަތޮޅުންނެވެ. ރ.އަތޮޅުން މިހާތަނަށް އޮނަތިރީސް ކޭސް ރިޕޯޓުކޮށްފައިވާއިރު ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހދ، ބ، ނ، މިއަތޮޅުތަކުންނެވެ.
ޗިކަންގުންޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެއިންނެވެ. މާލެއިން އެކަނިވެސް ތިންތަސޭކަ ހަތްދިހަ ފަސް ކޭސް ރެކޯޑްކޮށްފައިވާއިރު ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ގއ.އަތޮޅުން. އެއީ ދުއިސައްތަ ނުވަދިހަ އެއް ކޭހެވެ.

މިއަހަރު ފާއިތުވި މަސްތަކަށް ބަލާއިރު ނިސްބަތުން މިބަލިތައް ޖެހޭ މިންވަރުދަނީ އިތުރުވަމުންނެވެ.
އެޗްޕީއޭއިން ވިދާޅުވީ ޗިކަންގުންޔާއާއި ޑެންގީވެސް ރާއްޖޭގައި އިތުރުވަމުންދާކަމަށެވެ. އަދި މިބަލިތަކުން ރައްކާތެރިވެ ތިބުމަށް އެޗްޕީއޭއިން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.