ކުޅިވަރު

އިންޓަރމިލާނުގެ ކޯޗު ރުޅިއަތުވެއްޖެ


އިންޓަމިލާނުގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ އެ ގައުމުގެ މީޑިޔާތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އޭނާ ހިތްހަމަނުޖެހުނީ މި ސީޒަނަށް ފަހު އިންޓައިން ކޯޗު ބަދަލު ކުރާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އިޓަލީގެ ނޫސްތަކުން ބުނާގޮތުގައި އިންޓަމިނާލުން ދަނީ ޔުވެންޓަސް އާއި ޗެލްސީ އަދި އިޓަލީގެ ކުރީގެ ގައުމީ ކޯޗު އެންޓޯނިއޯ ކޮންޓޭ ކޯޗުކަމަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން ސްޕަލެއްޓީ ބުނީ އޭނާގެ ކުރިމަގާ ބެހޭ ގޮތުން އެއް ވާހަކައެއް ދެ އަހަރު ވަންދެން ލިޔުނަސް ވަރިހަމަ ކަމަށެވެ. އަދި އޭނާ އަށް އިންޓަރމިލާނުން ފެންނަނީ ވަރަށް ތަހުޒީބު ވިސްނުންތަކެއް ކަމަށާއި ކުލަބުގެ ވެރިންގެ ވިސްނުން ރަނގަޅު ކަމަށެވެ. އަދި މެނޭޖްމަންޓުން އަބަދުވެސް ނިންމާނީ ކުލަބަށް އެންމެ ރަނގަޅުގޮތަކަކަށް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އިޓާލިއަން ލީގުގައި އިންޓަ މިވަގުތު އޮތީ 66 ޕޮއިންޓާއެކު ތިން ވަނާގަ އެވެ. ސީޒަނުގައި ބާލީ އަދި މެޗު އެބައޮތެވެ. އިންޓަ ރޭ މޮޅުވީ ކިއޭވޯ ވެރޯނާ އަތުން 2-0އިންނެވެ. ލަނޑު ޖެހީ މަޓެއޯ ޕޮލިޓާނޭ އާއި އިވާން ޕްރިސިޗެވެ.