ޚަބަރު

އައްޑޫ ސިޓީގައި ހޭ ފެސްޓިވަލް ބާއްވަނީ


ހޭ ފެސްޓިވަލް އަންނަ އަހަރު އައްޑޫސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

ހޭ ފެސްޓިވަލްއަކީ އިނގިރޭސިވިލާތުގެ ވޭލްސްގައި ކޮންމެ އަހަރަކު ބޭއްވޭ އަދަބީ އަދި ޘަޤާފީ ހަރަކާތުގެ ފެސްޓިވަލެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޭ ފެސްޓިވަލް ބޭއްވީ ރައީސް ނަޝީދްގެ ވެރިކަމުގައި، 2010 ވަނަ އަހަރު، އާރަށުގައެވެ.

މި ފެސްޓިވަލް އަންނަ އަހަރު އައްޑޫސިޓީގައި ބާއްވާއިރު، އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ މިއީ އައްޑޫގެ ޘަޤާފީ، ތާރީޚާއި، ތަރިކަ ދައްކުވައިދިނުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. މިފެސްޓިވަލާއިގުޅޭ އިތުރު މައުލޫމާތެއް ކައުންސިލުން ،ލިބިފައެއް ނުވެއެވެ.

ހޭ ފެސްޓިވަލަކީ ޘަޤާފީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާއާއި ޚިޔާލު ބަދަލުކުރެވޭ ފެސްޓިވަލެކެވެ. ހޭ ފެސްޓިވަލް އެންމެފަހުން ރާއްޖޭގައި ބޭއްވި ފަހަރު ރާއްޖޭގެ މުހިންމު ލިއުންތެރިންނާއި، އަދީބުންނާއި، މިއުޒިކް ފަންނާނުންގެ އިތުރުން، ރާއްޖެއިން ބޭރުގެ ވަރަށް މަޝްހޫރު ލިއުންތެރިންނާއި، ނޫސްވެރިންނާއި އެކިއެކި ފަންނާނުން ބައިވެރިވިއެވެ.