ޚަބަރު

ހައްސާނު ގެސްޓްހައުސް އެއްގެ ތެރެއިން ހައްޔަރުކޮށްފި


މާރާމާރީ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަ ތ. ތިމަރަފުށީ، ކަށިމާގެ މުޙައްމަދު ޙައްސާން ގެސްޓް ހައުސް އެއްގެ ތެރެއިން އަތުލައި ގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.ޙައްސާން އަތުލައިގަނެފައިވަނީ ރޭ އިރާކޮޅު 22:10 ހާއިރު ހެންވޭރުގައި ހުންނަ ގެސްޓް ހައުސް އެއްގެ ތެރޭގައި ހުއްޓާކަމަށް ފުލުހުން މައުލޫމާތުދެއެވެ.ފުލުހުން ހައްސާނު ހޯދުމަށް އިއުލާން ކޮށްފައިވަނީ މި ނިމުނު މާރޗް މަހުގެ 04 ވަނަ ދުވަހުގެ ރޭ 21:05  ހާއިރު ޗާންދަނީމަގު ރިފްސައިޑް ކައިރީގައި ހިނގި މާރާމާރީގެ މައްސަލައަކާ ގުޅިގެންނެވެ.