ސިއްހަތު

ސްޕަރ ސްޕެޝަލިސްޓުންގެ ހިދުމަތް އަތޮޅުތަކުން


ރާއްޖޭގައި ފަރުވާ ދެވެން ނެތް ނުވަ ދާއިރާއަކުން އެގާރަ ސުޕަރ ސްޕެޝަލިސްޓުން އަތޮޅު ތެރޭގައި ބަލި މީހުންނަށް ފަރުވާ ދީފައިވާކަމަށާއި، ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވަންޖެހޭ މީހުން ހުސްނުވާ އާސަންދައިގެ ދަށުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އާސަންދަ އޮފީހުން ބުނެފިއެވެ.އާސަންދަ އޮފީހުގެ އެސިސްޓެންޓް މެނޭޖަރ މާއިޝާ ޞާދިގް ވިދާޅުވީ، ރާއްޖެ ފަސް ސަރަހައްދެގައި ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތް ފޯރުކޮށްދީފައިވާކަމަށެވެ. އަދި 4 ދުވަހުގެ ތެރޭގައި ހަތްސަތޭކައަށްވުރެ ގިނަ ބަލި މީހުންނަށް ފަރުވާ ދީފައިވާކަމަށެވެ.މައިޝާ ވިދާޅުވީ، މިފަހަރުގެ ޕްރޮގްރާމްގައި، ޑޮކްޓަރުން ބޭނުންފުޅުވި ބޭސް ރަށްރަށުގެ ބޭސް ފިހާރަތަކުން ލިބެން ނެތުމުގެ ތަދިކަން ދިމާވި ކަމަށާއި، ނަމަވެސް އެންސްޕާ މެދުވެރިކޮށް ބޭސް ލިބޭނޭ ގޮތް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.ޑޮކްޓަރުން މައިގަނޑު ގޮތެއްގައި ފަރުވާ ދިން ދާއިރާތަކުގެ ތެރޭގައި، ކިޑްނީގެ ބަލިތަކާއި، ނާރުގެ ބަލިތަކާއި، ހިތުގެ ބަލިތަކާއި، ކަށީގެ އެކިއެކި ބަލިތަކުގެ އިތުރުން ތެލަސީމިއާ ފަދަ ލޭގެ މައްސަލަ ހުންނަ ކުދިން ބެލުން ހިމެނެއެވެ.