ކުޅިވަރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗް ބަލަން ހިލޭ ވަދެވޭނެ-


އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗް ބަލަން ހިލޭ ވަދެވޭގޮތަށް ހަމަޖައްސާފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.އެފްއޭމްއިން މަޢުލުމާތުދިން ގޮތުގައި ފުޓްބޯޅައަށް މިގެނެވުނު ބަދަލްތަކާއެކު މިއަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗް މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މިމެޗް ބަލަން ހީލޭ ވަދެވޭގޮތަށް ހަމަޖައްސާފައިވަނީ ވިހާވެސް ގިނަ ބަޔަކު ކުޅިބަލަން ވެއްދުމުގެ އަޒުމްގައިކަމަށާ ހާއްސަކޮށް މިއަރުގެ ފުޓްބޯޅަ ސީޒަންއަކީ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ސީޒަންއަކަށް ހެދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗްގައި މާދަމާ ރޭ ވިކްޓްރީ ސްޕޯޓްސް ކުލަބްއާ ނިއު ރޭޑިއަންޓް ސްޕޯޓް ކުލަބް ބައްދަލުކުރާ މެޗްގެ ކުރިން ވަރަށް ކުލަގަދަ ރަސްމިއްޔާތެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.ލީގްގެ ޗެންޕިއަން ޓީމަށް އެއް މިލިއަން ރުފިޔާ އެފްއޭއެމްއިން މިއަހަރު ދިނުމަށް ނިންމާފައިވާއިރު، ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކޮންމެ ޓީމްއަކަށްވެސް އެކެއް ޕޮއިންޓް ހައެއް މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި މެޗް ޓިކެޓްތަށް ވިއްކުމަށް ހަމަޖެހިފައިވަނީ ކުލަބްތަކުން އަދި އެޓިކެޓް ވިއްކައިގެން ލިބޭ އާމްދަނީއަކީވެސް އެކުލަބްތަކަށް ލިބޭ އެއްޗެއްކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.