ކުޅިވަރު

މެސީގެ 400ވަނަ ލަނޑާއިއެކު ރޭގެ މެޗް ބާސެލޯނާ ކާމިޔާބުކޮށްފި


ފޯވާޑް ލަޔަނޮލް މެސީ ބާސެލޯނާއަށް ޖަހައިދިން ހަތަރު ސަތޭކަވަނަ ލަނޑާއިއެކު ރޭ ލީގުގައި އެޓީމް ކުޅުނު މެޗް ކާމިޔާބުކޮށްފިއެވެ.ލީގް ތާވަލްގެ ހަތަރުވަނާގައި އޮތް ވެލެންސިޔާއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗް އެޓީމް ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ.މެޗުގެ ފަންސާސް ފަސްވަނަ ސިކުންތުގައި ބާސެލޯނާއަށް ލީޑް ނަގައިދިނީ ފޯވާޑް ލުއިސް ސުއަރޭޒްއެވެ.މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ފުރަތަމަ ހާފްގައި ވެލެންސިޔާއަށް ރަނުގެ ފުރުސަތެއްވަނީ ލިބި ބޭކާރުވެފައެވެ.އެޓީމަށް ލިބުނު ޕެނަލްޓީ ބާސެލޯނާގެ ކީޕަރ ބްރާވޯވަނީ ހުޝިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ. މީގެ އިތުރުންވެސް މެޗުގައި ގިނަ ހަމަލާތަކެއް ވެލެންސިޔާއިން އުފެއްދިކަން ފާހަގަކޮށްލެވެއެވެ.މެޗުން ބާސެލޯނާއިން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ އެންމެ ފަހު މިނެޓްގައި ލަޔަނެލް މެސީ ޖަހައިދިން ގޯލުންނެވެ. މީ އޭނާ ބާސެލޯނާއަށް ޖަހައިދިން ހަތަރު ސަތޭކަވަނަ ލަނޑުކަން ފާހަގަކޮށްލެވެއެވެ.ރޭގެ މެޗުން މޮޅުވެ ބާސެލޯނާއަދިވެސް އޮތީ ލީގް ތާވަލްގެ އެންމެ ކުރީގާއި ދެ ޕޮއިންޓްގެ ލީޑަކާއިއެކުއެވެ.