ޚަބަރު

ތުލުސްދޫ މަސްޖިދުއް ތަޤްވާ ހުޅުވައިފި


ކ. ތުލުސްދޫގައި ޢިމާރާތްކުރި މަސްޖިދުއް ތަޤްވާ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ރަސްމީކޮށް ހުޅުވާދެއްވައިފިއެވެ.

މި މިސްކިތް ހުޅުއްވާދެއްވުމަށްފަހު މިނިސްޓަރ ވަނީ މިސްކިތުގައި މިއަދުގެ އަސުރު ނަމާދު އިމާމުވެ ކުރައްވާފައެވެ.

ހެޔޮ އެދޭ ފަރާތަކުން ތުލުސްދޫގައި އިމާރާތްކުރި މި މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް ޖަމާޢަތުގައި ނަމާދު ކުރެވޭވަރުގެ ޖާގައިގެ މިސްކިތެެކެވެ. އެއް ފަންގި ފިލާގެ މި މިސްކިތަކީ އެސީކޮށްފައިވާ މިސްކިތެކެވެ.

ރަމަޟާންމަހާއި ގުޅުވައިގެން ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ މިސްކިތްތައް ހުޅުވަމުންނެވެ.