ޚަބަރު

އޭދަފުށީގައި ހިނގި އެކްސިޑެންޓްތަކުގައި ހާނީއްކަވީ މީހުން އިތުރު ފަރުވާއަށް މާލެއަށް


ބ.އޭދަފުށީގައި މިއަދު ދެ އެކްސިޑެންޓެއް ހިނގައި، ދެކުދިންނަށް ހާނީއްކަވެއްޖެއެވެ.

މިއަދު ހަވީރު، ހިނގި އެކްސިޑެންޓްތަކުގައި ސައިކަލުން ޖެހި އަނިޔާވެފައިވަނީ، އުމުރުން 3 އަހަރުގެ ދެކުދިންނަށެވެ.
އެކްސިޑެންޓްގައި އަނިޔާ ލިބުނު ދެ ކުޑަކުދިންގެ ތެރެއިން އެއްކުއްޖަކާ ފުރަތަމަ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން އަންހެން މީހާ އިތުރު ފަރުވާއަށް މިރޭވަނީ މާލެ ގެންގޮސްފައެވެ.

ކުޑަކުއްޖާ މާލެ ގެންދިޔައީ އެކްސިޑެންޓް ގައި ބޮލައް ލިބުނު ގެއްލުމެއްގެ ސަބަބުންކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިއަދު ހިނގި މިހާދިސާ ތަކުގައި އަނިޔާ ލިބުނު ދެވަނަ ކުއްޖާއަށްވެސް އެކިވަރުގެ ގެއްލުންތަށް ވަނީ ލިބިފަ. އެކަމަކު އެކުއްޖާ ފަރުވާ ދިނުމަށް ފަހު އެކުއްޖާ ވަނީ ދޫކޮށްލާފައެވެ.

މި އެކްސިޑެންގައި ސައިކަލް ދުއްވަން އިން އަންހެން މީހާ އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވަނީ މޭކަށިގަނޑާ، ފަޔަށް ލިބުނު ގެއްލުންތަކުގެ ސަބަބުންކަމަށް ހޮސްޕިޓަލުން ބުނެއެވެ. ހޮސްޕިޓަލުން ބުނީ މި ކުޑަ ދެކުދިންނަށް ނަފްސާނީގޮތުންވެސް އަސަރުތަކެއް ކޮށްފައިވާކަމަށް ފާހަގަކުރެވޭކަމަށެވެ. މިމައްސަލަތައް ދަނީ އޭދަފުށީ ޕޮލިސްސްޓޭޝަންނުން އިތުރަށް ތަހުޤީގު ކުރަމުންނެވެ.

މި ރޯދަމަހާ ދިމާކޮށް ބ.އޭދަފުށީ ޕޮލިސްޓްޝަނުން ދަނީ ތަފާތު ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުންނެވެ. ރޯދަމަހު އެހެން މަސްތަކާހިލާފަށް ގިނަ އަދަކަށް ދުއްވާއެޗެހި ދުއްވާމަހަކަށްވުމުން، އާންމު ރައްޔިތުން މިކަންކަމަށް ސަމާލުވުމަށް އޭދަފުށީ ޕޮލިސް ސްޓޭސަނުން އިއުތިމާސްކުރައްވައެވެ. އަދި 10 އަހަރު ނުފުރޭ ކުޑަކުދިން ބައިސްކަލް ދުއްވުމަށް މަގުމައްޗައް ނުނެރުމަށާ، ހިނގާފައި އެކަނި މަގުމައްޗައް ދޫކޮށްނުލުމަށް އޭދަފުށި ޕޮލިސް ސްޓޭޝަނުން ވަނީ އިއުތިމާސްކުރައްވާފައެވެ.