ޚަބަރު

ލަންކާ މަސްބޯޓްތައް - ކޯޓަށް ހާޒިރުކުރުމުން ފަޅުވެރިން ވަނީ ދޫކޮށްލާފައި


ރާޢްޖޭގެ ސަރަހަށްދަށް ވަދެ އުޅެނިކޮށް އަތުލައިގެން ހަތަރު މަސްބޯޓާއި އެ ބޯޓްތަކުގައި ތިބި ފަޅުވެރިން ދޫކޮށްލަން ސަރުކާރުން ނިންމައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑއިގެން އުޅުއްވާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ބައްދަލުކުރެއްވުމަށްފަހު އެ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖެޕަކްސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ރާއްޖެއިން ހިފަހައްޓާފައިވާ ލަންކާހެ ހަތަރު މަސްބޯޓާއި އޭގއި ތިބި ފަޅުވެރިން ދޫކޮށްލަން ނިންމާފައިވާކަމަށެވެ. ރާޖެޕަކްސަ ކުރެއްވި ޓްވީޓްގައި ލަންކާއަށް ދިން ބޮމުގެ ހަމަލާގެ ތައުޒިޔާ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ދިވެހި ރައްޔިތުން ފަރާތުން ފޮނުވާފައިވާކަމަށެވެ.

ސަރުކާރުން ދޫކޮށްލަން ނިންމާފައިވާ ހަތަރު މަސްބޯޓަކީ މިިދިޔަ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު ހިފެހެއްޓި ދެ މަސްބޯޓަކާއި މިދިޔަ މާރޗްމަހުގެ އެއްވަނަ ދުވަހު ހިފެހެއްޓި 2 މަސްބޯޓެކެވެ. މި ހަތަރު މަސްބޯޓް ފެނިފައިވަނީ ހއ ކެލާގެ ބޭރުންނެވެ.

ފުލުހުން ބުނީ މި ބޯޓްތަކުގެ ކެޕްޓަންތައް ހާއްޔަރުކޮށް ކޯޓަށް ގެންދިޔުމުން ކޯޓުން އެމީޙުން ވަނީ މިނިވަންކޮށްފައިކަމަށެވެ.