ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ލ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭ 18:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.
Yellow Alert issued from Laamu Atoll to Gaafu Dhaalu atoll. pic.twitter.com/VHZIzovgrv
— Maldives Meteorology (@MetMaldives) August 21, 2026
އެހެންކަމުން، މި ސަރަޙައްދުގެ ރައްޔިތުން އަދި ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވިދާޅުވެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެން ވާ ކަމަށްވެސް މެޓުން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު މެދުނުކެނޑި ރެކޯޑުކުރަމުންނެވެ. އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްތަކަށް ވާރޭ ވެހިފައިވާ މިންވަރަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މ. މުއްޔަށެވެ. އެ ރަށަށް 56.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކަނީ ރ. އިފުރަށެވެ. އެއީ 37.0 މިލިމީޓަރުގެ ވާރޭއެވެ. މީގެ އިތުރުން، ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެ ރަށަށް 25.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.