ޚަބަރު

ދެ ބާވަތެއްގެ ޗީޒް ރާއްޖޭގައި ވިއްކުން މަނާކޮށްފި


ޔޫރަޕުން ރާއްޖެއަށް އެތެރެކުރާ ދެ ބާވެތެއް ޗީޒް ރާއްޖެ އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ޗީޒްގެ ދެ ބާވަތަކީ "ސެއިންޓް ފެލިކެން" އަދި ސެއިންޓް މާރްކެލިން" ޗީޒްއެވެ،

ފުޑް އެންޑް ޑްރަގް އެތޯރިޓީން ބުނީ މި ދެބާވަތުގެ ޗީޒް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކުރީ އީކޮއިލް ކިޔާ ޖަރސީމުގެ ސަބަބުން އެ ޗީޒްތައް ތަޣައްޔަރުވުމުގެ ފުރުސަތު އޮތުމުންކަމަށެވެ. އަދި މި ދެބާވަތުގެ ޗީޒް ޔޫރަފުން ރާއްޖެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކުން އަންގާފައިވާކަމަށެވެ. އެހެންކަމުން މި ދެ ބާވަތުގެ ޗީޒް ބާޒާރުން ނެގުމުގެ މަސައްކަން ކުރަމުންދާކަމަށްވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

މި ދެ ބާވަތުގެ ޗީޒް މުއްދަތު މިމަހުގެ 31 ވަނަދުވަހުގެ ނިޔަލަށް ހަމަވާނެކަމަށާއި މި ދެ ބާވަތްގެ އުފެއްދުން ވިއްކާކަން ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް އެކަން އެމްއެފްޑީއޭގެ ނަމްބަރު 3014361 ގުޅާ އެންގުން އެދޭކަމަށްވެސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ބުނެއެވެ.