ޚަބަރު

މަގޫދޫގެ ބަނދަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއި


ފ އަތޮޅުގައި ބަނދަރެއް ނޯންނަ ހަމައެކަނި ރަށް ކަމަށްވާ، މަގޫދޫގެ ބަނދަރުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.މި ބަނދަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒާއި، އެމްޑީއޭގެ ލީޑަރ އަދި ދ  މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުއެވެ.ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވަމުން ހައުސިންގ މިނިސްޓަރ މުއިއްޒު ވިދާޅުވީ މަގޫދޫގެ ބަނދަރުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ ސަރުކާރުން އެއްވެސް ކުލަޔަކަށް ބެލުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ކުރަމުންދާ ކަމުގެ މިސާލެއް ކަމަށެވެ. އަދި ރަށުގެ ތަރައްގީއަށް ކުރެވެ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ މިސާލެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މަގޫދޫގެ ބަނދަރަކީ 500 ފޫޓު ދިގު، 250 ފޫޓު ފުޅާ ބަނދަރެކެވެ. އެމްޓީސީސީން ހަދާ މި ބަނދަރު ހެދުމަށް 40.1 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.