ސިޔާސީ

ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި ސަފީރު ނާއިބު ރައީސްއާއި ބައްދަލުކުރައްވައިފި


ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އާއިޝަތު ޝާން ޝާކިރު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އާއިޝަތު ޝާން ޝާކިރު ވަނީ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަސައްކަތްތަކުގެ ޚުލާސާއެއް ނާއިބާ ރައީސް ފައިޞަލް ނަސީމާއި ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން ދެބޭފުޅުން ވަނީ އެމްބަސީއަށް ހުށައަޅާ ކޮންސިއުލަރ މައްސަލަތަކާއި އިތުރު އެކި ދާއިރާތަކުން ބަންގްލަދޭޝްއާއެކު ރާއްޖޭގެ ގުޅުން ބަދަހިކުރެއްވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާފައެވެ.