ވިޔަފާރި

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 16ގައި


އެސްޓީއޯގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 16ގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 16 ވާ ބުރާސްފަތިދުވަހު ދަރުބާރުގޭގައި ކަމަށް އެސްޓިއޯއިން ބުނެއެވެ.
މި ޖަލްސާގައި މިދިޔަ އަހަރު އެކުންފުނީގެ އަހަރީ ރިޕޯޓާއި ކުންފުނީގެ މަސައްކަތްތަކާއި ބެހޭގޮތުން ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލާފައިވާ މާލީ ރިޕޯޓުތަކާއި ތަފާސް ހިސާބުތަކުގެ ރިޕޯޓްތައް ފާސްކުރުމަށް ވޯޓަށް އެހުން އޮންނާނެއެވެ. މީގެ އިތުރުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމާއި ޑިރެކްޓަރުންގެ ބޯޑުން ބެހުމަށް ނިންމާފައިވާ ހިއްސާގެ ފައިދާ ބަހަން ފާސްކުރުން އޮންނާނެއެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބަވަނީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު، ޗީފް ފައިނޭޝަނަލް އޮފިސަރު މުހައްމަދު މިހާދު އަދި ޑިރެކްޓަރުން ކަމަށްވާ އާމިރު މަންސޫރު، މަރިޔަމް ޒާހިޔާ އަދި އައިޝަތު ފަޒީނާއެވެ.