ޚަބަރު

ތުތިބޯވަދިލަމަސް ބޭނުމުގެ ތަމްރީނު ޕްރޮގާރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ތުތިބޯވަދިލަމަހުގެ މަސްވެރިކަން ދަސްކުރުމަށް ބޭނުންވާ ފާރާތްތަކަށް ބާއްވާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ދެ ދުވަހުގެ ނިޔަލަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އުޅޭ ތުތިބޯވަދިލަމަހުގެ މަސްވެރިކަން އާލާކުރުމުގެ ގޮތުން މަސްވެރިން މިކަމަށް ތަމްރީނުކުރުމުގެ މަޤްސަދުގައި މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.މި ޕްރޮގްރާމު ކުރިއަށްދާނީ ތިއަރީ ސެޝަންތަކާއި އަމަލީ ސެޝަންތަކާއިއެކުގައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މަސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށާއި އަދި މިހާރު ވެސް މަސްވެރިކަމުގައި އުޅޭ ފަރާތްތަކަށް ބައިވެރިވެވޭނެކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށްޓަކައި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމާއި އައިޑީ ކާޑްގެ ކޮޕީއާއެކު ޖޫން 13ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ގެޒެޓުން މިހާރު ލިބެންހުންނާނެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިރިއުޅޭ ތުތިބޯވަދިލަމަހުގެ މަސްވެރިކަން އާލާކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. މި މަސައްކަތުގެ ދަށުން ތުތިބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖޭގައި ފަށާފައިވާއިރު މިނިސްޓްރީން ދަނި މިކަމަށް ބޭނުންވާ އާލާތްތަކާއި ތަމްރީނު މަސްވެރިންނަށް ފޯރުކޮށްދެމުންނެވެ.