ޚަބަރު

އޮޑިޓް ރިޕޯޓް ހުށައެޅީ 3 ޕާޓީ


ސިޔާސީ ޕާޓީތަކުގެ ތެރެއިން މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް މިހާތަނަށް ހުށައަޅާފައިވަނީ 3 ޕާޓީއަކުންކަމަށް އިލްކެޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓްވީޓެއްގައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައިވާ ގޮތަށް އޮޑިޓް ރިޕޯޓްތައް މިމަހުގެ 9 ވަނަދުވަހުގެ ކުރިން ހުށައަޅަންޖެހޭކަމަށެވެ. އަދި މިހާތަނަށް މި ރިޕޯޓް ހުށައަޅާފައިވަނީ 3 ޕާޓީއަކުންކަމަށެވެ.

6 ސިޔާސީ ޕާޓީއަކުން އޮޑިޓް ރިޕޯޓް ހުށައަޅަންޖެހޭއިރު މިހާތަނަށް އޮޑިޓް ރިޕޯޓް ހުށައަޅާފައިވަނީ ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް އެލަޔަންސް ޑިވޮލޮޕްމަންޓް (އެމްޑީއޭ) އެވެ.

ރިޕޯޓް ހުށަނާޅަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އަދާލަތު ޕާޓީ (އޭޕީ) އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރުޕީ) އެވެ.

ސީޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކަނޑައަޅާފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތައް 20،000 ރުފިޔާއާއި 50،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.