ޚަބަރު

ދުނިޔޭގެ އެންމެބޮޑު ސީފުޑް އެކްސްޕޯގައި މިފްކޯ


ދިވެހި މަހުގެ އުފެއްދުންތަށް އިޝްތިހާރުކޮށް އިތުރު މާކެޓްތައް ހޯދުމަށް ދުނިޔޭގެ އެންމެ ބޮޑު ސީ ފުޑް ޓްރޭޑް އިވެންޓުގައި މިފްކޯއިން ބައިވެރިވެއްޖެއެވެ.

ބެލްޖިއަމްގެ ވެރިރަށް ބުރަސަލްސްގައި މިއަދުން ފެށިގެން އަންނަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސީ ފުޑް އެކްސްޕޯ ގްލޯބަލްގައި މިފްކޯގެ އުފެއްދުންތައް ދައްކާލާއިރު، އިތުރު މާކެޓްތައް ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކްސްޕޯއަށް 140 ހަށްވުރެ ގިނަ ޤައުމުން 26،000 ހާހަށްވުރެ ގިނަ ސަޕްލަޔަރުންނާއި، ތަކެތި ގަންނަ ފަރާތްތަކުން ޒިޔާރަތްކުރާނެކަމަށް އެކްސްޕޯ އިންތިޒާމް ކުރާ ފަރާތުން ލަފާކުރެއެވެ.

މިފްކޯއިން ދަނީ އެކުންފުނީގެ އެފެއްދުންތަކަށް އާ މާކެޓްތައް ހޯދައި މަހުގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ މަހުގެ އުފެއްދުންތަކާއި ގުޅޭ އެކްސްޕޯތަކުގައި މިފްކޯއިން ވަނީ ބައިވެރިވެފައެވެ.