ޚަބަރު

މަސްތުވާތަކެއްޗާއެކު ދުވާފަރުން ބަޔަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައި ވަނީ މުޙައްމަދު ސަމީޙާއި އިބްރާހީމް ސަލާޙް

  • ސަމީޙު 10 ދުވަހަށް ސަލާޙް 12 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވޭ

މަސްތުވާތަކެއްޗާއެކު ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައި ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ވިދުވަރު / ރ.އިންނަމާދޫ، މުޙައްމަދު ސަމޫޙް (25އ)އާއި، ރޯޝަން / މިސްކިތްމަގު، ޏ.ފުވައްމުލައް، އިބްރާހީމް ޞަލާޙު (32އ) އެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއާއި ދުވާފަރު ޕޮލިހުން ގުޅިގެން މި މަހު 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި މި ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ސަމީހު 10 ދުވަހަށް އަދި އިބްރާހީމް ސަލާހް 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.