ޚަބަރު

ލުތުފަރުގެ މަރުގެ މައްސަލައިގައި އިތުރު 2 މީހަކު ހައްޔަރުކޮށްފި


ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ލުތުފަރު ގެއްލުނު މައްސަލައިގައި އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެބޯޓުގައި މަސައްކަތްކުރާ 4 ބިދޭސީއަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް އެ މީހުންނާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ، ލުތުފަރުގެ ހަށިގަނޑުގެ ބައެއް ކަމަށްބެލެވޭ ބައިތަކެއް ފުލުހުން ވަނީ ކަނޑު އަޑިން ހޯދާފައެވެ. މި ބައިތައް ހޯދާފައިވަނީ އޭނާގެ ހަށިގަނޑު އޮތްކަމަށް ބެލެވޭ ސަރަހައްދު ޑައިވްކޮށްގެން ބެލިބެލުމުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ބަނގްލަދޭޝްއަށް ނިސްބަތްވާ 40 އަަހަރުގެ ލުތުފަރަކީ ށ.ޅައިމަގު ބޯޓެއްގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ. އެމީހާ ގެއްލިގެންް ރިޕޯޓްކޮށްފައި ވަނީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުއެވެ.