ސިޔާސީ

ރިޔާސަތައް ހުރަސް އެޅޭ އެއްވެސް އެއްޗެއް މަޖިލީހަށް ނުވެއްދޭނެ-


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަޑުގަދަކުރަން ބޭނުންކުރާ ތާޅަފިއްޔާއި، ރިޔާސަތަށް ހުރަސް އެޅޭފަދަ އެހެނިހެންވެސް ތަކެތި ވެއްދުން މަނާކުރާ ގަވާއިދެއް އާންމު ކޮމިޓީން ރޭ ފާސްކޮށްފިއެވެ.ރޭ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުން މިގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވި ހަތް މެމްބަރުންގެ ތެރެއިން ހަ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.އާންމު ކޮމިޓީގެ މުގައްރިރު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ،ކޮމިޓީން ރޭ ފާސްކުރި ގަވާއިދުގައި ބުނާގޮތުން ގަވާއިދާ ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް އަޑުގަދަ ކުރާ ފަދަ ތަކެތި ވައްދާ ފަރާތްތަކާއި މެދު ސުލޫކީ ފިޔަވަޅުތަކެއް އެޅޭނެކަމަށެވެ. އަދި ތަކުރާރުކޮށް އެފަދަ އަމަލުތައް ހިންގާ މެމްބަރުންގެ ކޮމިޓީ ހާޒިރީން %50 އުނިކޮށް ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް 6 މަސް ދުވަހަށް ނުކުރެވޭގޮތަށްވެސް އެގަވާއިދުގައި ބުނެފައިވާނެ ކަމަށް އާރިފް ވިދާޅުވިއެވެ.ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވިފަހުން ސޯޅަ ޖަލްސާއެއް ބާއްވާފައިވާއިރު، ހުރިހާ ޖަލްސާއެއްގައިވެސް އިދިކޮޅު އެމްޑީޕީ މެންބަރުން ގެންދަވަނީ ދުންމާރިތަކާއި އަޑުގަދަކުރާ ބޭނުންކޮށްގެން ރިޔާސަތަށާއި އިދާރީ މޭޒަށް ހުރަސްއަޅަމުންނެވެ.