ޚަބަރު

އައްޑޫ ސިޓީ ތަރައްގީގެ ނާރެހަކަށް ސަރުކާރުން ހަދާނެ- އަދީބް


މިއަހަރު ތެރޭގައި އައްޑޫ
އިންޓަރނޭޝަނަލް އެއަރޕޯޓަކީ ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަދާނެކަމަށް
ޓުއަރިޒަމް މިނިސްޓަރ އަޙްމަދު އަދީބް ވިދާޅުވެއްޖެއެވެ.  އައްޑޫ ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި
ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް ކައުންސިލްގެ ކޯޗެއަރ އަދި ޓޫރިޒަމް މިނިސްޓަރ
އަދީބް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކިތަންމެ ފާޑުކީނަމަވެސް އައްޑޫ
އެއަރޕޯޓަށް އިންޓަރނޭޝަނަލް ގިނަ ދަތުރުތަކެއް ފެށޭނެކަމަށާއި، އައްޑޫ
ރައްޔިތުންނަށް  ފަސޭހަކަމާއި އެކު
ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ފުރުސަތު ކައިރި މުސްތަގްބަލެއްގައި
ލިބިގެންދާނެކަމަށެވެ. މިހާރުވެސް ސްރީލަންކަން އެއަރލައިންފަދަ
އެއަރލައިންތަކާއެކު މަޝްވަރާ ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. މިނިސްޓަރ އަދީބް
ވިދާޅުވީ، އައްޑޫ ސިޓީއަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ތަރައްގީގެ އެއް
ނާރެހަށް ވެގެންދާނެކަމަށެވެ. އެގޮތުން  ފަތުރުވެރިކަމަށް
އައްޑުއަތޮޅުގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ފަސްހާސް އެނދުގެ ތެރެއިން
އިސްމަހެލާ ހެރާގައި ރެސޯޓް ހަދަން ފެށުމުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ
ވަރަށް އަވަހަށް އިފްތިތާހް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އިސްވަފްދެއް އައްޑުއަށް ކުރާ ދަތުރުގައި ކެބިނެޓްގެ ހަތަރު
މިނިސްޓަރުންނާއި، ރައްޔިތުން މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ އަށާރަ މެމްބަރުން
ބައިވެރިވެ ވަޑައިގަންނަވައެވެ.



މިބޭފުޅުން އައްޑޫސިޓީއަށް
މިކުރައްވާ ޒިޔާރަތުގައި ސްޕޯޓްސް މިނިސްޓްރީން އަތޮޅުތެރޭގައި ތަރައްގީކުރާ
ސްޕޯޓްސް އެރީނާގެތެރޭގައި ހިމެނޭ ހަތަރު ފުޓްސެލް ދަނޑު ހުޅުވަން ހަމަޖެހިފައިވެއެވެ.