ޚަބަރު

ހަންކެޑެއިން މިނި ކަށިތަކެއް ފެނިއްޖެ


އައްޑޫސިޓީގެ ގުޅިފައިވާ ރައްތަކުގެ ތެރެއިން މަރަދޫއާ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހަނކެޑެ އިން މިނި ކަށިތަކެއް ފެނިއްޖެއެވެ.

ހަންކެޑެ އިން މިނިކަށި ފެނިފައިވާކަން ފުލުހުންވަނީ ކަށަވަރު ކޮށްދެއްވާފައެވެ. މިކަމާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 15:45 އެހައިކަށްހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވީ މިކަށިތަކަކީ ވަރަށް ގިނަދުވަސްވެފައިވާ ކަށިތަކެއް ކަމަށް ބެލޭވޭ ކަމަށެވެ. ހަންކެޑެއިން ކަށިފެނުނު ސަރަހައްދަކީ ކުރީން މީހުންވަޅުލައި އުޅުނު ތަނެއްކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިކަށިތަށް ފެނުނު މީހަކު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެސަރަހައްދުން ކަށިތަށް ފެނުނީ ގައުކަނޑި ބްރިޖް ސަރަހައްދަށް މޫދަށްއެރެން ގޮސްއުޅުނުބަޔަކު މުޑިކާށި ހޮވަން ވަލަށް ވަދެ އުޅެނިކޮށްކަމަށެވެ.

އެކަށިތަށް ހުރީ ސަރަހައްދަކީ ވަލުތެރޭގެ ކަޅުފަސް ބިމެއްނަމަވެސް ކަށިތައް ހުރީ ދޮންވެއްޔާއެކުއެވެ.
ފުލުހުން މިހާރު ދަނީ މިކަން އިތުރަށް ބަލައި ތަހުޤީގު ކުރަމުންނެވެ.