ދުނިޔެ

ދަރަނީގެ މައްސަލަ ޙައްލު ނުކުރެވޭ އެއްބަސްވުމެއްގަ ސޮއިނުކުރާނަން


ގްރީސްއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ޙައްލުނުކުރެވޭނެ ފަދަ އެއްބަސްވުމެއްގައި އެޤައުމުން ސޮއިނުކުރާނެ ކަމަށް ގްރީސްގެ މާލީ ވަޒީރު ވިދާޅުވެއްޖެއެވެ.ބައިނަލްއަޤްވާމީ މާލީ އިދާރާ އައި.އެމް.އެފްގެ ބައްދަލުވުމެއްގެ ހަވާސާގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ގްރީސްގެ މާލީ ވަޒީރު ޔާނިސް ވަރުފާކިސް ވިދާޅުވީ ދަރަނީގެ މައްސަލަތައް ޙައްލުކުރުމަށް އަވަސް އެއްބަސްވުމަކަށް އައުމަށް ގްރީސްއިން ވާންޖެހޭ ޤުރުބާނީއެއް ވާނެ ކަމަށާއި، އެހެންނަމަވެސް އިޤްތިޞާދަށް އަންނަންޖެހޭ ބަދަލުތައް ނުގެނެވޭނެފަދަ އެއްބަސްވުމެއްގައި ގްރީސްއިން ސޮއިނުކުރާނެ ކަމަށެވެ.ގްރީސްގެ އިޤްތިސާދު ހަމައަކަށް އެޅުވުމަށް އެގައުމަށް މާލީ އެހީ ދޭ ފަރާތްތަކާއެކު ބާއްވާ މަޝްވަރާތަކުން، މިމަހުގެ 24 ވަނަ ދުވަހު ވަގުތީ އެއްބަސްވުމެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެޤައުމުން މީގެކުރިން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ގްރީސްގެ އިޤްތިސާދު އިތުރަށް ހީނަރުވާނެ ފަދަ ޝަރުތުތައް އެއްވެސް ހާލެއްގައި ޤަބޫލުނުކުރާނެ ކަމަށް މާލީ ވަޒީރު ޔާނިސް ވަރުފާކިސް ވިދާޅުވިއެވެ.ގްރީސްގެ އިޤްތިސާދު ހަމައަކަށް އެޅުވުމަށް ވިލާތާ ބައިނަލްއަޤްވާމީ މާލީ އިދާރާއިން ދީފައިވާ ދަރަނީގެ މުއްދަތު އިތުރުކުރާނީ ގްރީސްގެ ސަރުކާރުން އިޤްތިސާދީ އިސްލާހުތަކެއް ކާމިޔާބުކަމާއެކު ތަންފީޒުކޮށްގެން ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.