ޚަބަރު

ވެމްކޯއިން ރޯދަމަހު ކުނި އުކައިދޭ ގަޑިތަކަށް ބަދަލު ގެނެސްފި


އަންނަ ރަމަޟާން މަހު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ރާއްޖޭގެ އެކި ހިސާބުތަކުން ކުނިއުކައިދޭ ވަގުތުތައް އާންމުކޮށްފިއެވެ.

ވެމްކޯއިން މާލެ، ވިލިމާލެ، ހުޅުމާލެ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ކުނި އުކާލާ ގަޑިތަށް މިހާރު ވަނީ އިއުލާންކޮށްފައެވެ.

ވެމްކޯއިންކޮށްފައިވާ އިއުލާނެއްގައިވާގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގެ ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާނީ، ހަފްތާގެ ދުވަސްތަކުގައި، ކޮންމެ ދުވަހެއްގެވެސް މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 5:00 ޖެހުމާއި ހަމައަށެވެ. އަދި ރޭގަނޑު 7:00ގެ ފަހުންވެސް ކުނި ނެގުމުގެ މަސައްކަތްކުރާނެކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ. އަދި ހަފްތާ ބަންދުދުވަސްތަކުގައި ހެނދުނު 10:00 އިން 11:30 އަށް އަދި މެންދުރުފަހު 01:30 ހުން ހަވީރު 04:00ކަށް އަދި ރޭގަނޑު 07:00 ކުން ދަންވަރު 12:30 އަށް ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތްކުރަމުންދާނެކަމަށްވެސް ވެމްކޯއިން ހާމަކުރެއެވެ.

ރަމަޟާންމަހު ވިޔަފާރިކުރާ ތަންތަނުން ކުނި އުކައިދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިބާގޮތަށް ބަލާއިރު، ހަފްތާގެ ދުވަސްތަކުގައި ހެނދުނު 9:00 އިން ހަވީރު 5:00އަށް އަދި ރޭގަނޑު 07:30 ހުން މެންދަމު 03:00 އަށް ވެމްކޯއިން ޚިދުމަތް ދޭނެއެވެ. އަދި ހަފްތާ ބަންދުގައި މެންދުރުފަހު 01:30 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 10:00 އިން މެންދަމު 04:00 އަށެވެ.

ރަމަޟާން މަހު މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހުޅުވާފައި ހުންނާނީ، ހަފްތާގެ ދުވަސްތަކުގައިނަމަ ހެނދުނު 09:00 އިން ހަވީރު 05:00 އަށް އަދި ރޭގަނޑު 09:00 އިން މެންދަމު 12:30 އަށެވެ. އަދި ހަފްތާ ބަންދުގައި މެންދުރު ފަހު 02:00 އިން ހަވީރު 05:00 އަށް އަދި ރޭގަނޑު 07:30 އިން މެންދަމު 03:00 އަށެވެ.

އަދި ހުޅުމާލެއާއި ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހުޅުވާފައި ހުންނާނީ، ހަފްތާގެ ދުވަސްތަކުގައި ނަމަ، ހެނދުނު 09:00އިން ހަވީރު 05:00 އަދި ރޭގަނޑު 07:30 އިން މެންދަމު 02:00އަށެވެ. ހަފްތާ ބަންދުގައި ނަމަ މެންދުރުފަހު 02:00އިން 05:00އަށް އަދި ރޭގަނޑު 07:30 އިން މެންދަމު 02:00 އަށް މި ޚިދުމަތް ލިބިގެންދާނެއެވެ.

ރަމަޟާން މަހު އައްޑޫ ސިޓީއާއި ފުއައްމުލަކު ސިޓީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހުޅުވާފައި ހުންނާނީ، ހަފްތާގެ ދުވަސްތަކުގައި ހެނދުނު 09:00އިން ހަވީރު 05:00 އަދި ރޭގަނޑު 08:30 އިން މެންދަމު 11:00އަށެވެ. ހަފްތާ ބަންދު ދުވަސްތަކުގައި މެންދުރުފަހު 02:30އިން 05:00އަށް އަދި ރޭގަނޑު 08:30 އިން މެންދަމު 11:00 އަށެވެ.

މީގެ އިތުރުން މި ދުވަސްވަރު، ތިލަފުށި ސައިޓް ހުޅުވާފައިހުންނަ ގަޑިތަކަށް ބަލާއިރު، ހަފްތާގެ ދުވަސްތަކުގައި މި ސައިޓް ހުޅުވާފައި ހުންނާނީ، ހެނދުނު 09:00އިން ހަވީރު 04:30 އަދި ރޭގަނޑު 09:00 އިން މެންދަމ12:30 އަށެވެ. ހަފްތާ ބަންދުގައި ނަމަ މެންދުރުފަހު 02:30އިން 04:30އަށް އަދި ރޭގަނޑު 09:00 އިން މެންދަމު 12:30 އަށް މި ޚިދުމަތް ލިބިގެންދާނެއެވެ.

ވެމްކޯއިން ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ކުނިއުކާލާ ގަޑިތަކަށްދަނީ ބަދަލުތަށް ގެންނަމުންނެވެ.