އަންނަ އާދީއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު، އިބްރާހީމް ޙޫދު ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރީތައްވުމުގެ ފުރުޞަރު ދިނުމުގެ ގޮތުން އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާކަމަށެވެ.
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަމަ ދުވަސް ނުވަތަ މުލަ ރޯދަދަ ދުވަހުގެ ގޮތުގައި ހިޖުރީ ކަލަންޑަރުގައި ލަފާކޮށްފައިވަނީ އަންނަ ހޯމަ ދުވަހެެވެ.
މި ފެށޭ ރަމަޟާން މަހުގެ ރަސްމީ ގަޑިއެއްކަމަށް ކަނޑައަޅާފައިވަނީ ހެނދު ނުވަޔަކުން މެންދުރު ފަހު އެކެއްޖެހުމާ ހަމައަށެވެ.