ޚަބަރު

ޖަޕާނުގެ އައު އެެމްޕެރަރ އަށް ފޮރިން މިނިސްޓަރ މަރުހަބާ ދަންނަވައިފި


ޖަޕާނުގެ އައު އެމްޕެރަރ ނަރުހީޓޯއަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މަރުހަބާ ދަންނަވައިފިއެވެ.

އެމްޕެރަރ ނަރުހިޓޯއަށް މަރުހަބާ ދަންނަވައި މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނަރުހިޓޯއަށް ހޫނު މަރުހަބާއެއް ދަންނަވާކަމާ، ކުރިއަށް އޮތް ދުވަސްތަކަކީ ޖަޕާނުގެ ރައްޔިތުންނާއި މުޅި ދުނިޔެއަށްވެސް އުފާފާގަތި އަމާން ދުސްތަކަކަށް އެދިވަޑައިގަންނަވާކަމަށެވެ.

ނަރުހިޓޯ މަގާމާއި ހަވާލުވެވަޑައިގަތީ ކުރިން އެމަގާމުގައި ހުންނެވި ނަރުހިޓޯގެ ބައްޕާފުޅު އެމްޕެރަރ އަކިހިޓޯ އުމުރުފުޅާއި ސިއްޙީ ހާލަތު މަޤާމުގައި ދެމިހުންނެބުމަށް ތަންނުދޭތީ މަޤާމު ދޫކޮށްލެއްވުމާ ގުޅިގެންނެވެ.

ނަރުހިޓޯއަކީ ކުރީގެ އެމްޕެރަރ އަކިިހިޓޯގެ ދޮށީ ފިރިހެންދަރިކަލުންނެވެ. އެމަނިކުފާނު މިއަދުވަނީ މަގާމާއި ހަވާވެވަޑައިގެންފައެވެ. އަކިހީޓޯ ތަހުތަށް އަރާވަޑައިގެންނެވީ 1989ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7ވަނަ ދުވަހުއެވެ.

ޖަޕާނުގެ އެމްޕެރަރއަކީ ސިޔާސީ އެއްވެސް ބާރެއް ލިބިވަޑައިގެންނުވާ ރަމްޒީ މަޤާމެކެވެ. އެހެން ނަމަވެސް މި މަޤާމަކީ އިއްޒަތާއި ހައިބަތު ބޮޑު މަގާމެކެވެ. ޖަޕާނުގެ ވެރިކަން ހިންގުމުގެ އެންމެހައި ބާރުތަކެއް އޮންނާނީ ބޮޑުވަޒީރަށެވެ.