ދުނިޔެ

އެންޑީޕީގެ ހެޑްކުއާޓަރ ނައްތާލަން އަމުރުކޮށްފި


މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ސިޔާސީ ޕާޓީގެ
ކުރީގެ ހެޑްކުއާޓަރ ހަލާކުކޮށްލަން މިސްރު ސަރުކާރުގެ ކެބިނެޓުން
އަމުރުކޮށްފިއެވެ. ނޭޝަނަލް ޑިމޮކްރެޓިކް ޕާޓީ އެންޑީޕީގެ ހެޑްކުއާޓަރގެ ގޮތުގައި
ނީލަކޯރަށް ރީއްޗަށް ފެންނަން ހުންނަ ބޮޑު ބިލްޑިންގ 2011 ވަނަ އަހަރު މިސްރުގައި
ހިގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކުގެތެރޭގައި އަންދައި ވަރަށް ބޮޑަށް
ހަލާކުކޮށްލާފައިވުމުން އެއިމާރާތް ބޭނުންނުކޮށް ހުންނަތާ މިހާރުވެސް 4 އަހަރުވަނީ
ވެފައެވެ. މުބާރަކުގެ އެންޑީޕީ އުވާލިފަހުން މިބިލްޑިން ނައްތާލުމުގެ ވާހަކަތައް
ދެކެވެމުންގޮސްފައިވެއެވެ. ބައެއް އެކްޓިވިސްޓުންގެ ނަޒަރުގައި މިސްރަށް ގެނެވުނު
އިންގިލާބުގެ ރަމްޒެއްގެގޮތުގައިވެސް، އަދި  ތާރީޚަށްޓަކައިވެސް މިއިމާރާތް ބަހައްޓަންޖެހެއެވެ.
މިސްރުގެ ކެބިނެޓުން މިއިމާރާތް ވަށްޓާލަން އަމުރުކުރި ވަކިސަބަބެއް ނުބުނެއެވެ.



އަންވަރުއް ސާދާތު 1978 ވަނަ އަހަރު އުފެއްދެވި އެންޑީޕީ
އުވާލާފައިވަނީ 2011 ވަނަ އަހަރު ކޯޓް އޯޑަރަކަށެވެ.