ޚަބަރު

ކާރިސާތަކުން ރައްކާތެރިވުމުގައި މީޑިއާގެ ދައުރު ފުޅާކުރުމަށް ވޯކްޝޮޕެއް ބާއްވައިފި


ކާރިސާތަކާއި، ކުއްލި ޙާލަތްތަކުގައި ނޫސްވެރިން އަމަލުކުރާނެ ގޮތްތަކާއި ބެހޭގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ވޯކްޝޮޕާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން، އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު މޫސާ ފިކުރީ ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމަކީ، ކާރިސާތަކާއި ކުއްލި ޙާލަތްތަކުގައި ނޫސްވެރިންގެ އެންމެ ފުރިހަމަ ބޭނުން ހިފޭނެގޮތުގެ މަޢުލޫމާތު ހިއްސާކުރުމަށް ކުރިއަށްގެންދިއަ ބައްދަލުވުމެއްކަމަށެވެ. އެގޮތުން މި ބައްދަލުވުމުގައި ކާރިސާތައް ކުރިމަތިވާ ހާލަތްތަކުގައެވެ.

ތެރެއިން މި ދާއިރާގެ ތަޖުރިބާކާރުން، ކާރިސާއަށް އައުމުގެ ކުރިންނާއި، ކާރިސާއެއް ކުރިމަތިވާ ވަގުތު އަދި އެއަށްފަހު ނޫސްވެރިންގެ ޚިޔާލު ބައްޓަންކުރަންވީ ގޮތްތަކާއި މެދު މަޢުލޫމާތު ދީފައިވާކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ކާރިސާއަކަށް ތައްޔާރުވުމުގައި މީޑިއާގެ ދައުރު އިތުރުވެ، އާންމުން ހޭލުންތެރިކުރުވުމަށް މީޑިއާއަށް އިތުރު ގޮތްތަށް ފެނި ސާފުވެގެންދާނެކަމަށް ވިދާޅުވިއެވެ.

އޭޝިއަން ޑިސާސްޓަރ ޕްރެޕެއަރޑްނެސް ސެންޓަރުގެ ތަޖުރިބާކާރުންނާއި ގުޅިގެން އެންޑީއެމްއޭއިން ކުރިއަށްގެންދިއަ މި ވޯކްޝޮޕްގައި ޕީއެސްއެމް، ވީ މީޑިއާ އަދި މިހާރު ފަދަ ނިއުސް އޭޖެންސީތަކުގެ ނޫސްވެރިންވަނީ ބައިވެރިވެފައެވެ.

އޭޝިއަން ޑިސާސްޓަރ ޕްރެޕެއަރޑްނެސް ސެންޓަރަކީ އޭޝިއާ ސަރަހައްދުގައި ކާރިސާތަކުން ރައްކާތެރިވުމާއި، ކާރިސާތަކުން ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގައި އޭޝިއާގެ 9 ޤައުމެއް ހިމެނޭއިރު މީގެ ތެރޭގައި، އިންޑިއާ، ޕާކިސްތާން، ސްރިލަންކާ، ނޭޕާލް، ބަނގްލަދޭޝް، ތައިލެންޑް، ކެމްބޯޑިއާ، ޗައިނާ އަދި ފިލިޕީންސް ހިމެނެއެވެ.