ޚަބަރު

ސަޢުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި


ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

"ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރ"އިން ދިވެހި ރައްޔިތުންނަށް ހަދިޔާކުރި ކަދުރާ ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރެވެ.

ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަދުރާ ޙަވާލުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ ރޯދައިގެ ކުރިން ކަދުރު ބެހުމުގެ ކަންކަން ހަަމަޖެހޭނެކަމަށެވެ. އަދި ކަދުރު ބެހުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކަދުރު ބެހުމުގައި ވަކި މާލެ ޚާއްސައެއް ނުކުރާނަން، އެންމެ ފުރަތަމަ އަންނަ މީހުނަށް އެންމެ ފުރަތަމަ ދޫކުރަމުންގޮސް ހުސްވާ އުސޫލު ގެންގުޅޭނީ." އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފައިވާއިރު ކަދުރު ބެހުމުގެ ކަންކަންކުރިއަށްގެންދާނެ ތަންތަނާއި ވަގުތުތައް އިސްލާމިކް މިނިސްޓްރީން އަދި ހާމައެއް ނުކުރައްވައެވެ.