ސިޔާސީ

ޕީއެންސީގެ ތަރުޖަމާނަކަށް ހީނާ


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ސްޕޯކްސް ޕާސަންގެ މަގާމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރު ހީނާ ވަލީދު ޢައްޔަން ކުރައްވައިފިއެވެ.

ޕީއެންސީގެ ސްޕޯކްސް ޕާސަން އަކަށް ހީނާ ހަމަޖެއްސިކަން އިއުލާން ކުރެއްވީ އެޕާޓީގެ ނާއިބް ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުޞައިން މަނިކް ކުރެއްވި ޓްވީޓެއްގައެވެ.

ޕީއެންސީގެ ތަރުޖަމާނަކަށް ހަމަޖެއްސި ހީނާ ވަނީ ހުކުރު ދުވަހު ބޭއްވި ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރު ކަމަށް އިންތިޚާބު ކުރައްވާފައެވެ.

ހީނާ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ދިއްގަރު ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފައެވެ.