ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހި ފެހި ކުރުމުގެ މަޝްރޫއު ފަށައިފި


ހުޅުމާލެ ދެވަނަ ފިޔަވަހި ފެހި ކުރުމުގެ މަޝްރޫއު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ފައްޓަވައި ދެއްވައިފިއެވެ.ފެހި ކުރުމުގެ މަޝްރޫއު ފައްޓަވައި ދެއްވުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާވަނީ ދެވަނަ ފިޔަވަހީގައި ގަހެއް އިންދަވާދެއްވާފައެވެ. ރައިސްގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި، މަޖިލިސް ގެ ބައެއް މެންބަރުންވެސް ވަނީ އެ ސަރަހައްދުގައި ގަސް އިންދަވާފައެވެ.ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ހިއްކާފައިވާ ބިމުގައި ގަސް އިންދުމުގެ ހަރަކާތް ކުރިއަށް މިހަރަކާތުގައި ޢާންމު ބައެއް ފަރާތްތަކާއި، ސްކޫލް ކުދިންވެސް ވަނީ ގަސް ބައިވެރިވެ ގަސް އިންދާފައެވެ.ލައިވް މިއުޒިކާއި ބާބަކިއު އަކާއިއެކު ކުރިއަށް ދިޔަ މި ރަސްމިއްޔާތު ނިންމާލީ ބަޑިބޭހުގެ ކުޅިވަރާއިއެކުގައެވެ.ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރަނީ އެއްލައްކަ މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެންނެވެ. 240 ހެކްޓަރުގެ ބިން ހިއްކުމަށްފަހު މިހާރު ކުރިއަށްދަނީ، ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތެވެ.