ޚަބަރު

14 އަހަރުން އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރަފުއްދީން ސްކޫލް ހޯދައިފި


މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސާދަ އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރަފުއްދީން ސްކޫލް ހޯދައިފިއެވެ.
އައްޑޫ ސްޓޭޑިއަމްގައި މިއަދު ކުޅުނު ފައިނަލް މެޗު ޝަރަފުއްދީން ސްކޫލުން ކާމިޔާބުކުރީ ސ.އަތޮޅު މަދުރަސާ އާއި ވާދަކޮށް ތިން ލަނޑު ދެ ލަނޑުންނެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޝަރަފުއްދީން ސްކޫލުންއެވެ. މި ލަނޑު މެޗުގެ ހަވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އަހްމަދު އުސްމާން. އަދި މެޗްގެ އަށާރަވަނަ މިނެޓްގައި އެޓީމްގެ ޒާދް މުހައްމަދު ހާލިދްވަނީ އިތުރު ލަނޑެއްޖަހާފައިއެވެ. ނަމަވެސް ސ.އަތޮޅު މަދުރަސާ ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިއެވެ. ސ.އަތޮޅު މަދުރަސާގެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ހާޒިމް އަލީއެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުން ޝަރަފުއްދީން މޮޅުކޮށްދިނީ މުބާރާތުގެ ޗެމްޕިއަންކަން އެޓީމަށް ހޯދައިދިން ލަނޑު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު މާހީ އަބްދުﷲއެވެ.
މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިންނަށް ހޮވުނީ ފޭދޫ ސްކޫލުގެ އަލީ ސަދޫފް، ހިތަދޫ ސްކޫލުގެ އަލީ އަޒާން ހުސެއިން، މަރަދޫ ސްކޫލުގެ އަލީ ސާއިން ނަސީރް، ސ. އަތޮޅު މަދުރަސާގެ އަހްމަދު މާއިން، މުހައްމަދު އަޒްވާން، މުހައްމަދު ރައްޔަން މުސްއަދު މަންސޫރް، ހުޒެއިމް އަލީ އަދި ޝަރަފުއްދީން ސްކޫލުގެ އަހްމަދު އުސްމާން، ޒާދް މުހައްމަދު ޙާލިދް އާއި މުހައްމަދް ނާއިޝް ނަޢީމްއެވެ. މި އުމުރުފުރައިގެ އެންމެ މޮޅު ގޯލް ކީޕަރަކީ ފޭދޫ ސްކޫލުގެ އަލީ އަޝްއަމް އާތިފްއެވެ. 9 ލަނޑު ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ފޭދު ސްކޫލްގެ އަލީ ސަދޫފް ޝިޔާމްއެވެ.