ޚަބަރު

އޭސީސީގެ ތަހުގީގު ޓީމުތައް އަތޮޅު ތެރޭގައި ހަރަކާތްތެރިވަނީ


އެންޓި ކޮރަޕްޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އަތޮޅުތަކަށް ދަތުރުކޮށްގެން ތަޙުޤީޤްކޮށް ބަލަންޖެހޭ މައްސަލަތައް ތަޙުޤީޤްކުރުމަށް އޭސީސީގެ ޓީމުތައް އަތޮޅު ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.މައްސަލަތައް ތަޙުޤީޤްކުރުމަށް އެސީސީގެ ތިން ތަޙުޤީޤް ޓީމެއް، ހއ،ހދ، ށ، އަދި ނ. އަތޮޅުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމަޔަށް ކުރާ މިދަތުރުގައި ސަތޭކަ ތިރީސް ހަތް މައްސަލައަށްވުރެ ގިނަ މައްސަލަ ތަޙުޤީޤްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.މީގެ އިތުރުންވެސް މިމަހުގެ އަށާރަ ވަނަ ދުވަހުން ފެށިގެން ކޮމިޝަންގެ އިތުރު ދެ ޓީމެއް އއ، އދ، ފ، އަދި ދ. އަތޮޅުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް އެކޮމިޝަނުން މައުލޫމާތު ދެއްވައެވެ.