ސިޔާސީ

ޕީއެންސީގެ އެސްޖީއަކަށް ޤީލާ


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޤީލާ ޢަލީ ޢައްޔަނުކޮށްފިއެވެ. ޤީލާ އެ މަޤާމަށް ޢައްޔަނުކުރެއްވީ އެޕާޓީގެ ރަޖިސްޓްރާގެ މަޤާމުގައި ހުންނަވަނިކޮށެވެ.

ޤީލާ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި މާފަންނު ހުޅަނގުދާއިރާއަށް ވާދަކުރައްވާފައި. ނަމަވެސް އިންތިޚާބުގައި އޭނާއަށް ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.

ޤީލާ ވަނީ ކުރީ ސަރުކާރުގައި އިސް މަޤާމުތަކެއްވެސް ފުރުއްވާފައި. އޭގެ ތެރޭގައި، ހެލްތު މިނިސްޓްރީއާއި ފޮރިންގ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމާއި ފޮރިންގ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.

ހުކުރު ދުވަހު ޞޭއްވި ޕީއެންސީގެ ކޮންގްރެސްގައި ވަނީ އެޕާޓީގެ އިސް މަޤާމުތަކަށް ބޭފުޅުން ޢައްޔަނުކޮށްފައި. ޕީއެންސީގެ ރައީސްގެ މަޤާމަށް ޢައްޔަނުކޮށްފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.