ޚަބަރު

ހިތަދޫ ގައި އެކްސިޑެންޓެއްހިންގައި ދެ މީހަކަށް އަނިޔާވެއްޖެ


އައްޑުއަތޮޅު ހިތަދޫ ގައި އެކްސިޑެންޓެއްހިންގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.އެމް.ބީސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިޔާއޮފިޝަލް ވިދާޅުވީ، ހިތަދޫ ކައުންސިލް އިދާރާކައިރިން  މެދެއާރި މަގުގައި މިއަދު 3:40 ދެ ސައިކަލެއްޖެހި އެ ހިނގި އެކްސިޑެޓްގައި ދެ ފިރިހެނަކަށް އަނިޔާވެފައިވާކަމަށެވެ. އަދި އެދެމީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ.މިއެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ކޮނޑަށް ގެއްލުންވެފައިވާކަމަށް ފުލުހުންބުނެއެވެ.ފުލުހުންބުނީ އެކްސިޑެންޓް ވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލް އެކްސިޑެންޓް ހިންގުމާއެކު މަޑުނުކޮސް ދުއްވާފައި ދަނިކޮށް ފުލުހުން ހުއްޓުވައިފައިވާކަމަށެވެ. އަދި އެ ސައިކަލް ދުއްވަން އިނީ ފަނަރައަހަރުހެ ކުއްޖެއްކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެދަށަށްގެނެސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.ހިތަދޫ ޕޮލިސްޓޭޝަނުން ދަނީ މިކަން ތަހްގީގްކުރަމުންނެވެ.