ވިޔަފާރި

ޖުލައިމަހުވެސް ނައިޓްމާކެޓެއް ބާއްވަނީ!


ނައިޓް މާކެޓަށް ލިބުނު ތަރުޙީބާއެކު ޖުލައި 26ގައި އަނެއްކާވެސް ނައިޓްމާކެޓެއް ބޭއްވުމަށް ނިންމާފައިވާކަމަށް ލިކަމެކުން ބުނެފިއެވެ.

އޭޕްރިލް މަހުގެ 17އިން 26އަށް ދަރުބާރުގޭގައި ބޭއްވި ނައިޓްމާކެޓް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު މިފަހަރުގެ ނައިޓްމާކެޓަށް ވަރަށް ބޮޑު ތަރުޙީބެއް ލިބުނުކަމަށް މާކެޓް ހިންގާ ކުންފުނި ލިކަމެކުން ބުނެއެވެ. އެގޮތުން މިފަހަރުގެ ނައިޓް މާކެޓަށް 150 ހާހަށްވުރެ ވުރެ ގިނަމީހުން ޒިޔާރާތްކޮށް ވިޔަފާރިކުރިކަމަށް ލިކަމެކުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ލިކަމެކްގެ ސިއީއޯ ހަސަން ލަބީބް ވިދާޅުވީ، މި މާރުކޭޓުގެ އިތުރުން ވެސް ކުރިއަށްއޮތް ތަނުގައި މިފަދަ ނައިޓް މާކެޓެއް ބޭއްވުމަށް ރާވާފައިވާކަމަށެވެ. އެގޮތުން އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ނައިޓް މާކެޓް ބާއްވާނެކަމަށް ލަބީބް ވިދާޅުވިއެވެ.

"ޖުމްލަ ގޮތެއްގައި ދިހަ ރޭމަތިން 150 ހާހެއްހާ މީހުން ދަރުބާރުގޭ ނައިޓްމާރކެޓަށް ޒިޔާރާތްކުރި. އޭގެ މާނައަކި ރެއަކު މަދުވެގެން 10 ހާސް ނޫނީ 12 ހާސް މީހުން ނައިޓް މާކެޓަށް ދެއޭ. ދެން އަޅުގަނޑުމެންނަށް ލިބުނު ތަރުޙީބަށް ބަލާފައި އަޅުގަނޑުމެން އެބަ ރާވަން ޖުލައި ސައްބީހުގައި ނައިޓް މާކެޓެއް ބާއްވަން. " ލަބީ ވިދާޅުވިއެވެ.

ލިކަމެކުން އިންތިޒާމުކޮށްގެން ބޭއްވި ނައިޓް މާކެޓަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އިންޑޯ ނައިޓް މާކެޓެވެ. ދަރުބާރުގޭގެ އެތެރެއާއި ބޭރު ހިމެނޭގޮތުން މި މާކެޓުގައި މުޅިއެކު 219 ސްޓޯލް ބެހެއްޓިއިރު، މިއީ ކުރިއަށްއޮތް ރޯދަ މަހާއި ދިމާކޮށް އާންމުނަށް އެއްތަނަކުން ވިޔަފާރިކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ލިކަމެކުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.