ވިޔަފާރި

މިފްކޯ އިން ދަޅު މަސް ކޭސް ވިއްކާ އަގު ހެޔޮކޮށްފި


ސަރުކާރުގެ މަސް
ކުންފުނި، މިފްކޯ އިން ދަޅު މަސް ކޭސް ވިއްކާ އަގު ހެޔޮކޮށްފިއެވެ.
މިފްކޯ އިން މައުލޫމާތުދޭގޮތުގައި އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮމޯޝަނެއްގެ
ދަށުން މަސްދަޅު ކޭސްތަކުގެ އަގަށް ގެނެސްފައި މިވާ ބަދަލާއި އެކު މިހާރު
މަސްކޭސް ތަކުން ގާތްގަނޑަކަށް ހަތްދިހަ ރުފިޔާ ކުޑަވާނެ ކަމަށެވެ.
ރޯދަ މަސް ކައިރިވެފައިވުމާއި އެކު ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އަގު
ހެޔޮކޮށްފައި މިވަނީ ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް މަސް ކޭސް ބައްލަވައި
ގަންނަވާ ފަރާތްތަކަށް އެކަނި ކަމަށާއި މި ޕްރޮމޯޝަންގައި އެ ކުންފުނިން ވިއްކާ
'ފެލިވަރު' ބްރޭންޑްގެ އިތުރުން "ފަސްމީރު' ބްރޭންޑުގެ ދަޅު މަހުގެ އަގުވެސް
ވަނީ ހެޔޮކޮށްފައިވާކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ.