ޚަބަރު

"މޫދު މަޖާ"ގެ ނަމުގައި ދިއްދޫގައި ވޯޓަރ ސްޕޯޓް ފެސްޓިވަލެއް


ހއ ދިއްދޫގައި މޫދު މަޖާގެ ނަމުގައި މޫދު ކުޅިވަރު ފެސްޓިވަލެއް ބާއްވައިފިއެވެ. މިއަދު ކުރިޔަށް ދިޔަ މި މިފެސްޓިވަލުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިފައެވެ.

ދިއްދޫ ހެންޑެލި ވޯޓަރސްޕޯރޓްސް އަދި ސަން އޮފް ސެއިލަރސް ގުޅިގެން ކުރިއަށް ގެންދިޔަ މި ފެސްޓިވަލުގައި ޖެޓްސްކީ ދުއްވުމާއި ކެނޯ ދުއްވުމާއި ބަނާނާ ދުއްވުމުގެ އިތުން ފްލެޓްބޯރޑް އަދި މިނޫންވެސް ތަފާތު މޫދު ކުޅިވަރުތައް ހުރިހާ އުމުރުފުރާއަކަށް ހުޅުވާލެވިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިފެސްޓިވަލް އިންތިޒާމު ކުރުމުގައި އިސްކޮށް މަސައްކަތްކުރެއްވި އުޘްމާން ރަޝީދު ވިދާޅުވީ މިހަރަކާތަކީ ޅަފުރާގެ ކުދިން މޫދަށް އަހުލުވެރިކުރުވުމަށް ހިންގާ ޕޮރްގާރެއްކަމަށެވެ. އަދި ކިޔަވާ ނިމިގެން ވަޒީފާތަކަށް ނިކުންނަ ދަރިވަރުންނަށް މޫދު ކުޅިވަރުގައި ހުރި ފުރުސަތުތައް އަންގާދީ އެކަމަށް އަހުލުވެރިކުރުވުމަކީވެސް މި ޕްރޮގްރާމްގެ މަގުސަދެއްކަމަށްވެސް އުޘްމާން ވިދާޅުވިއެވެ.

މޫސުން ތަންދޭނަމަ ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކު މަދުވެގެން 2 ދުވަހަކު މޫދު ކުޅިވަރުތައް ހާއްސަ ފެސްޓިވަލެއް ކުރިޔަށް ގެންދިޔުމަށް ވިސްނަ،މުން ގެންދަވާކަމަށްވެސް އުޘްމާނު ރަޝީދު ވިދާޅުވިއެވެ.