ޚަބަރު

ރ. އަލިފުށީ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ


ރ. އަލިފުށީ ފަޅުތެރެއިން މަރުވެފައި އޮތް އުމުރުން ދުވަސްވީ މީހެއް ފެނިއްޖެއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އަލިފުށީ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު ކިނާރާ އުމުރުން އަށްޑިހަ އެއް އަހަރުގެ އަލީ އިބްރާހިމް ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އެރަށު އުތުރު ފަރާތު ދޯނި އެހެލާ ސަރަހައްދުންކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު އަށްގަޑި ތިރީސްހާއިރުކަމަށާއި، އޭނާ ބެއްލެވި ޑޮކްޓަރުންނާއި ހަވާލާދީ އެމީހާ ފެނުނުއިރުވެސް މަރުވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ދަނީ މި ޙާދިސާ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.