ޚަބަރު

ލަންކާގެ ހިތާމައިގައި ބައިވެރިވުމަށް މާލޭގައި ޙަރަކާތެއް ބާއްވައިފި


މިދިޔަ އާދިއްތަ ދުވަހު ސްރިލަންކާގައި ދިން ނުރައްކާތެރި ޓެރަރިސްޓު ޙަމަލާއާ ގުޅިގެން ހިތާމަފާޅުކުރުމަށް މާލޭގައި ޚާއްސަ ޙަރަކާތެއް ބާއްވައިފިއެވެ.

ދިވެހި ރެޑް ކްރެސެންޓުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ކެބިނެޓް މިނިސްޓަރުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ސްރިލަންކާ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މިޙަރަކާތުގެ ތެރެއިން، މިޙަރަކާތުގެ ބައިވެރިންވަނީ، މިހިތާމަވެރި ހާދިސާއާގުޅިގެން އެފަރާތްތަކުގެ އިޙުސާސްތަށް ހުރިގޮތް ޙިއްސާކޮށްފައެވެ.

މި ހަރަކާތުގެ ތެރޭގައިވަނީ ސްރީލަންކާގެ ހިތާމާގައި ބައިވެރިވުމުމުގެގޮތުން އެއް މިނެޓްގެ ސްކޫތެއް ވެސް ގެނެސްފައެވެ. މިދިޔަ އާދީއްތަދުވަހު ސްރީލަންކާގައި ދިން ނުރައްކާތެރި ބޮމުގެ ޙަމަލާތަކަށްފަހު އެޤައުމުގެ ޙާލަތު އަދިވެސް ހަމައަކަށް ނޭޅެއެވެ. އަވައްޓެރި ސްރީލަންކާއަކީ ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ.