ޚަބަރު

މަސްތުވާތަކެއްޗާއެކު 18 ދިވެހިން ހައްޔަރުކޮށްފި


މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާކަމުގެ ތުހުމަތުގައި 18 ދިވެހިން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރަމުންދާކަމުގެ މަޢުލޫމަތު ފުލުހުންގެ އިންޓަލިޖަންސްއަށް ލިބުމާއިގުޅިގެން އިއްޔެ ހަވީރު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 18 މީހުން ހައްޔަރުކުރީ މާފަންނު ގެއަކުންކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ގެއެއްކަމަށް
ފުލުހުން ވިދާޅެއްނުވޭ.

ހައްޔަރުކުރި އެންމެންނަކީވެސް ކުށުގެ ރެކޯޑްއޮތް މީހުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ހައްޔަރުކުރި މީހުންނަކީ ޢުމުރުން 23 އަހަރާއި 56 އަހަރާއި ދެމެދުގެ ދިވެހިންކަމަށްވެސް ފުލުހުން މަޢޫލޫމާތުދެއްވައެވެ. މި އޮޕަރޭޝަންގައި ކޯޓް ޢަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި އަޅަފާއިހުރި 8 ޕެކެޓާއި ސައުވީސް ހާސް ނުވަ ސަތޭކަ ފަންސާސް ރުފިޔާ ފެނިވައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މަސްތުވާ ތަކެއްޗާއެކު 18 ދިވެހިން ހައްޔަރުކޮށްފައިވާއިރު، ރޭވެސް ވަނީ ފުލުހުން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައިި، މަސްތުވާތަކެއްޗާއެކު 19 ދިވެއްސަކު ހައްޔަރުކޮށްފައެވެ.