ޚަބަރު

ސ.އަތޮޅު މަދުރަސާ ބަލިކޮށް އިރުޝާދިއްޔާ ސްކޫލް ފައިނަލަށް


މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުންދަށުގެ އުމުރުފުރާއިގެ ފައިނަލްގެ ފަހު ޖާގަ އިރުޝާދިއްޔާ ސްކޫލް އިން ކަށަވަރުކޮށްފިއެވެ.
އިރުޝާދިއްޔާ ސްކޫލް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އިއްޔެ ކުޅުނު މެޗުގައި ސ.އަތޮޅު މަދުރަސާ އާއި އެއްވަރުކޮށްލައިގެންނެވެ.
ވާދަވެރި ދެޓީމުގެ މެދު ކުޅެވިގެން ދިޔަ މިމެޗު ނިމުނީ ދެޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.
މެޗަށްފަހު ޕިއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން އިރުޝާދިއްޔާ ސްކޫލުގެ ކޯޗް އަހްމަދު ނާދިރު ބުނީ އިދިކޮޅު ޓީމްއަކީ ހަމަ އެއްފެންވަރެއްގަ ކުޅޭ ކުޅުންތެރިން ތިބި ޓީމް އެއްކަމަށާއި ކުރީގަ ކުޅުނު މެޗްތައް ތަންކޮޅެއް ފަސޭހަކޮށް ދިޔުމުން މި މެޗްގައި ސްކޯ ނުކުރެވުން އެއީ ފައިނަލް ގަ ކުޅެން އުނދަގުލަކަށް ވެދާނެ ކަމަށެވެ.

މިމެޗްގައި ކަންތައްވެގެން ދިޔަ ގޮތުން ސ.އަތޮޅު މަދުރަސާގެ ކޯޗްގެ ބަހެއްވަނީ ލިބޭގޮތް ނުވެފައިއެވެ.