ސިޔާސީ

ޣައްސާން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް


ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމަށް މުހައްމަދު ޣައްސާން މައުމޫން
ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.



ކުރީގެ ރައީސް
މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން އެމަޤާމުގައި ހުންނަވައިގެން
ކުރައްވާނެ މަސައްކަތުގެ ތެރޭގައި ސަރުކާރުގެ ކުޅިވަރާއި ޒުވާނުންގެ މެނިފެސްޓޯގެ
ކަންކަން ވިލަރެސްކުރުމާއި، ސިއްހީ ދާއިރާ ތަރައްޤީ ކުރެއްވުމަށް
ރައީސުލްޖުމްހޫރިއްޔާގެ ސީދާ ލަފާފުޅުގެ މަތިން ކުރިއަށް ގެންދެވޭނެ
މަސައްކަތްތައް ހިމެނޭކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.



ޣައްސާން
މައުމޫން މީގެ ކުރިން ހުންނެވީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ
މަޤާމުގައެވެ.