ކުޅިވަރު

ކޮލިފައިންގައި ރާއްޖެ، ޗައިނާ ގަތަރު އަދި ބޫޓާން،ހޮންކޮންގއާއެކު


ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ، ޗައިނާ އާއި
ގަތަރު އަދި ބޫޓާން އާއި ހޮންކޮންގާއި އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ. އޭޝިއާ
ސަރަހައްދުން ދެހާސް އަށާރަ ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ
ރައުންޑް ދޭއްގެ ޑްރޯ މިއަދު ބޭއްވުނުއިރު ރާއްޖެ ހިމެނުނީ ގްރޫޕް ސީގައެވެ. މިގްރޫޕަށް ރާއްޖެ ޕޮޓް ތިނަކުން އައިއިރު، ޕޮޓްދެއަކުން އައީ ގަތަރު، އަދި އެންމެ
މަތިން ރޭންކް ކުރެވިގެން އާއި ގައުމުގެ ތަކުގެ ތެރޭގައި ހިމެނިގެން ގްރޫޕް ސީއަށް އައީ ޗައިނާއެވެ.  ބޫޓާން އާއި ހޮންކޮންގް އަކީ ޕޮޓް ހަތަރެއް އަދި ފަހަކުންނެވެ. ޕްރިލިމިނަރީ ރައުންޑް ދޭއްގައި ސާޅީސް ޓީމް ވަނީ އަށް ގްރޫޕަށް
ބަހާލެވިފައެވެ. އަދި މީގެތެރެއިން ކޮންމެ ގްރޫޕެއްގެވެސް އެންމެ މޮޅު ޓީމް އަދި
ދެވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ހަތަރު ޓީމަށް ވޯލްޑް ކަޕް
ކޮލިފައިންގެ އަނެއް ބުރުން ޖާގަ ލިބޭނެއެވެ. ޕްރިލިމިނަރީގެ ދެވަނަ ބުރުގައި ވާދަކުރާ
ސާޅީސް ޓީމުގެ ތެރެއިން ވޯލްޑް ކަޕް ކޮލިފައިންގެ ފައިނަލް ބުރުން ޖާގަ
ލިބިގެންދާނީ ޖުމްލަ ބާރަ ޓީމަށެވެ. ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީގެ ދެވަނަ
ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން އެގާރައިގައެވެ. ފުރަތަމަ މެޗުގައި
ރާއްޖެ ބައްދަލުކުރާނީ ޤަތަރާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.