ޚަބަރު

މިދިޔަ އަހަރާ އަޅާބަލާއިރު ކުޅުދުއްފުށީގައި ޑެންގީ ފެތުރޭ މިންވަރު އިތުރު- އެޗްޕީއޭ


މިއަހަރުގެ މިހާތަނަށް ކުޅުދުއްފުށިން އެކަނިވެސް ޑެންގީހުމުގެ 61 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން(އެޗްޕީއޭ) ބުނެފި އެވެ.

ކުޅުދުއްފުށިން ޑެންގީހުމުގެ 61 ކޭސް ރިޕޯޓްކޮށްފައިވާއިރު އެ އަތޮޅުގައި ދެން އެންމެ ބާރަށް ޑެންގީ ހުން ފެތުރެމުންދަނީ ހަނިމާދޫގައެވެ. އެގޮތުން މިއަހަރު މިހާތަނަން އެރަށުން 25 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.

މުޅި ހދ އަތޮޅަށް ބަލާއިރު އިއްޔެއާ ހަމައަށް ޑެންގީހުމުގެ 92 ކޭސް ރިޕޯޓްކޮށްފައިވާއިރު މިދިޔަ މާރޗުމަހު 45 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އިއްޔެއާ ހަމައަށް ހދ އިން ޑެންގީހުމުގެ 21 ރިޕޯޓް ލިބިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ އާއި މާރޗުމަހު ކުޅުދުއްފުށިން ޑެންގީ ހުމުގެ އެންމެ ކޭސްއެއްވެސް ރިޕޯޓްކޮށްފައިނުވާއިރު މިއަހަރު ފެބުރުއަރީމަހު ޑެންގީހުމުގެ 17 ކޭސް ކުޅުދުއްފުށިން ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރު ކުޅުދުއްފުށީގައި އެންމެ ގިނައިން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖޫންމަހުއެވެ. އެގޮތުން އެމަހު އެކަނިވެސް 13 ކޭސް ރިޕޯޓުކޮށްފައިވެއެވެ.